ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަމުން އަންނަ އާ ރިއަލިޓީ ޝޯ "ދަ ޓްރެއިޓަރސް" އާ ގުޅޭގޮތުން އަންޝުލާ ކަޕޫރު މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފިއެވެ. އަންޝުލާ އަކީ އެކްޓަރު އަރްޖުން ކަޕޫރުގެ ކޮއްކޮ އެވެ.

އޭނާ ބުނެފައިވަނީ މި ޝޯ އަކީ ސްކްރިޕްޓެޑް ޝޯއެއް ނޫން ކަމަށެވެ. 20 ބައިވެރިންގެ ތެރެއިން އެއްވެސް މީހަކަށް ސްކްރިޕްޓެއް ދީފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. ޝޯގެ ބައިވެރީންނަށް އެހެން ބައިވެރިންނަކީ ކޮން ބައެއްކަން އެނގިފައި ނުވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޝޯގެ ސިއްރު ހިފެހެއްޓުމަށްޓަކައި ބައިވެރިންނަށް ތަފާތު ޗެކިން ސްލޮޓްތައް ދީފައިވާ ކަމަށާއި ކޮންމެ ބައިވެރިޔަކަށް ވެސް އަމިއްލަ ވޮލެޓެއް ދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަންޝުލާ އިތުރަށް ބުނެފައިވަނީ ބޮންބޭއިން ފްލައިޓަށް އެރިއިރުވެސް އެހެން ބައިވެރިންނަކީ ކޮން ބައެއްކަން އެނގިފައިނުވާ ކަމަށެވެ.

"ދަ ޓްރެއިޓަރސް" އަކީ ކަރަން ޖޯހަރު ހޯސްޓްކުރާ ޝޯއެކެވެ. އަންޝުލާގެ މި ބަސްތަކުން މި ޝޯ އަކީ ހަގީގީ ރިއަލިޓީ ޝޯއެއްކަން ކަށަވަރުވެގެން ދެއެވެ. ޝޯއާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަވާނެ ކަމަށް ހަބަރުތައް ބުނެއެވެ.