މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު މެންދުރު 1:00 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ހޯދަމުންދިޔައީ ރޭ ގެއިން ނުކުތް ގޮތަށް ހަބަރެއް ވެފައި ނުވާތީ އާއިލާއިން ރިޕޯޓްކޮށްފައިވާތީ ކަމަށެވެ. ގެއްލިގެން ހޯދަމުންދިޔައީ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ ޒުވާނެކެވެ.
އަންހެން ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ގެއިން ނުކުމެފައިވަނީ ރޭ 8:30 ހާއިރު ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މައްޗަންގޮޅި ސަހަރާ ކައިރިން ދިލްބަހާރު މަގުން ކަމަށެވެ.
އޭގެ ފަހުން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް