ދިގު މަސައްކަތު ގަޑިތަކާމެދު ޖެނީލިއާ ޑިސޫޒާ ވާހަކަދައްކައިފިއެވެ. ޖެނީލިއާ ވާހަކަދައްކައިފައިވަނީ ގިނަ އިރު މަސައްކަތް ކުރާން ޖެހޭ ހާލަތުގައި އެކަމަށް ޖާގަދީ، ހޭނުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޖެނީލިއާ ބުނެފައިވަނީ އޭނާ ދުވާލަކު 10 ގަޑިއިރު މަސައްކަތްކުރާ ކަމަށެވެ. މިއީ އުނދަގޫ ކަމެއް ނަމަވެސް ނުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ޖެނީލިއާ ބުނެފައިވަނީ ބައެއް ދުވަސްތަކުގައި ޑައިރެކްޓަރުން 12 ގަޑިއިރަށް މަސައްކަތު ވަގުތު އިތުރުކުރާ ކަމަށެވެ. މިއީވެސް ހާލަތަށް ބަލައި އަހުލުވެރިވާން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ހޭނުން މުހިންމު ކަމަށްވެސް ބުނެފައިވެއެވެ.
ޖެނީލިއާގެ މިހެން ބުނެފައިވަނީ ދީޕިކާ ޕަދުކޯން ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް" ފިލްމުން ވަކިވުމާ ގުޅިގެންނެވެ. މިއީ 8 ގަޑިއިރުގެ ޝިފްޓަކަށް އެއްބަސް ނުވުމާ ގުޅިގެން ހިނގި ކަމެއް ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ގިނަ ސެލެބްރިޓީން ވަނީ ދީޕިކާއަށް ތާއީދުވެސް ކޮށްފައެވެ.
ޖެނީލިއާ އެންމެ އަވަހަށް ފެނިގެންދާނީ އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރް" ފިލްމުންނެވެ. މި ފިލްމު ނެރޭން ނިންމާފައިވަނީ މިމަހު 20 ގައެވެ. މި ފިލްމުގައި 10 އާ އެކްޓަރުން ފެނިގެންދާނެއެވެ. ފިލްމު ޑައިރެކްޓްކުރަނީ އާރްއެސް ޕްރަސަންނާއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް