އެކްޓަރު އަޔުޝްމަން ކުރާނާ ވަނީ އާ ކޮމެޑީ ފިލްމެއްގައި މަސައްކަތްކުރުމަށް ނިންމައިފިއެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރު އަދި ޖޫނޯ ޗޯޕްރާ އެވެ. މިއީ ފެމިލީ ކޮމެޑީ ފިލްމެކެވެ.
ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ ގެ ސެޕްޓެމްބަރުއެވެ. ފިލްމުގެ ސްކްރިޕްޓް ނިމިފައިވާ ކަމަށާއި ކާސްޓިން މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
އަޔުޝްމަން ބުނެފައިވާ ގޮތުގައި އޭނާ ހުރީ ކޮމެޑީ ފިލްމެއްގައި މަސައްކަތްކުރާން ބޭނުންވެފައެވެ. މި ފިލްމުގެ ސްކްރިޕްޓަކީ ސިޗުއޭޝަނަލް ކޮމެޑީ އަދި ސްލެޕްސްޓިކް ކޮމެޑީ އެއްކޮށްލައިފައިވާ ސްކްރިޕްޓެއް ކަމަށް ހަބަރުތައް ބުނެއެވެ.
ފިލްމުގެ ޑައިރެކްޓަރުގެ ނަން އަދި ފިލްމުގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަޔުޝްމަން މިއަހަރު ދިވާލީގައި ރިލީޒްވާ "ތަމާ" ފިލްމުގައި ފެނިގެންދާނެއެވެ. އަދި ސާރާ އަލީ ޚާންއާއެކު ސްޕައި ކޮމެޑީ ފިލްމެއްގައި ވެސް މަސައްކަތްކުރަމުންދެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް