އެމެރިކާގައި ބަޑިން ހަމަލާދީ ސިޔާސީ އިސް މީހަކު މަރާލައިފިއެވެ.
އެމެރިކާގެ މިނެސޯޓާގެ ގަވަރުނަރު ޓިމް ވަލްޒް ވިދާޅުވެފައިވާ ގޮތުގައި، އެ ސްޓޭޓުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ކަނޑައަޅާފައި ހުންނަ ޑިމޮކްރެޓިކްގެ މެލިސާ ހޯޓުމަން އާއި އޭނާގެ ފިރިމީހާއަށް ވަނީ ބަޑިން ހަމަލާ ދީފައެވެ.
އެ ހަމަލާގައި މެލިސާ ހޯޓުމަން މަރުވެފައިވާއިރު އޭނާގެ ފިރިމީހާ ޖޯން ހޮފްމަން އަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ގަވަރުނަރު ޓިމް ވިދާޅުވީ އެ ހަމަލާއަކީ ސިޔާސީ ހަމަލާއެއް ކަމަށާއި ހަމަލާގެ ތަހުގީގު ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަށާފައިވާކަމަށެވެ.
މިނެސޯޓާގެ ފުލުހުންނާއި އެފްބީއައި ގުޅިގެން ވަނީ އެ ހަމަލާ ދިން މީހާ ހޯދުމަށް މަސައްކަތް ފަށައިފައެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް ޕަމެލާ ބޮންޑި ވިދާޅުވެފައިވާ ގޮތުގައި، އެ ހަމަލާ އަމާޒުކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތަކަކަށެވެ. އެ ހަމަލާގެ ސަބަބުން ނުތަނަސްވަސްކަން އުފެދިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމަލާގެ ތަހުގީގު ނިމެންދެން އެއްވެސް ފަރާތަކުން އެއްވުން ނުބޭއްވުމަށާއި ހަމަލާ ދިން މީހާ އަދި މިހާތަނަށް ހޯދިފައި ނުވުމުން ނުރައްކާ އެބަ އޮތްކަމަށް ގަވަރުނަރު ޓިމް ވިދާޅުވިއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ހުޅުމާލެ
ބޭރު ކުޅިވަރު
ރިޕޯޓް