ބޮލިވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީގެ އާ ފިލްމު ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި ފިލްމުގައި ދިލްޖިތު ދޮސަންޖު، ޝަރްވަރީ، ވެދާން ރައިނާ އަދި ނަސީރުއްދީން ޝާހު ފެނިގެންދާނެ އެވެ.
މި ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުއެވެ. މިއީ އިމްތިޔާޒް އަދި ދިލްޖިތު އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ކުރިން އެ ދެމީހުން އެކުގައި މަސައްކަތްކޮށްފައިވަނީ "އަމަރު ސިންގ ޗަމްކީލާ" ގައެވެ.
މި ފިލްމު އިއުލާނު ކުރި ދުވަހަކީ ޝަރްވަރީގެ އުފަން ދުވަސް ކަމަށް ވުމުން އޭނާ ވަނީ ވަރަށް ބޮޑަށް އުފާވެފައެވެ.
"އަހަރެންގެ އުފަން ދުވަހު މި އިއުލާނު ފެނުނީމަ ވަރަށް ބޮޑަށް ސަޕްރައިޒްވެއްޖެ! މިއީ އެންމެ ރަނގަޅު އުފަން ދުވަސް!" އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ މެސެޖެއްގައި ޝަރްވަރީ ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ އެކްޓަރަކަށް ވާން ހުވަފެން ދެކެން ފެށީއްސުރެ އިމްތިޔާޒް އަލީގެ ޑައިރެކްޝަންގައި މަސައްކަތްކުރަން ބޭނުންވެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ފިލްމުގައި މިޔުޒިކް ކޮމްޕޯޒްކުރާނީ އޭއާރު ރަހުމާން އެވެ. ލިރިކްސް ލިޔާނީ އިރްޝާދު ކާމިލް އެވެ. މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އޯގަސްޓް މަހުއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް