ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ދަ ރާޖާ ސާބް" ގެ ޓީޒާ ލީކްކޮށްލައިފިއެވެ.

މި ފިލްމުގެ ޓީޒާ ރަސްމީކޮށް ނެރެން ހަމަޖެހިފައިވަނީ މިމަހު 16 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ކުރިން ޓީޒާގެ ބައެއް ކްލިޕްތަކާއި ސްޓިލްތައް އިންޓަނެޓަށް ލީކްވެފައިވެއެވެ. މިކަމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ސޯޝަލް މީޑިއާގައި ހަރުކަށި އިންޒާރެއް ދީފައެވެ.

ފިލްމުގެ އޮފިޝަލް އެކައުންޓުން ޓްވިޓަރުގައި ޕޯސްޓްކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ "ދަ ރާޖާ ސާބްގެ ލީކްވެފައިވާ އެއްވެސް ކޮންޓެންޓެއް ފެނިއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅައި، އެކައުންޓްތައް ވަގުތުން ސަސްޕެންޑްކުރެވޭނެ. އަހަރެމެން އެދެނީ އެންމެންވެސް އެއްބާރުލުން ދީ، އަހަރެމެންނާއެކު މި ތަޖުރިބާ ރައްކާތެރިކުރުމަށް މަސައްކަތްކުރުން" މިހެންނެވެ.

މަރުތީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޕްރަބާސް ފެނިގެންދާނީ ހޮރަރ-ކޮމެޑީ ރޯލެއްގައެވެ. މި ފިލްމުގައި ސަންޖޭ ދަތު، ނިދީ އަގަރްވާލް، މަލަވިކާ މޮހަނަން އަދި ރިދީ ކުމާރު ފަދަ ތަރިން ފެނިގެންދާނެއެވެ. "ދަ ރާޖާ ސާބް" ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެންބަރު 5 ވަނަ ދުވަހުއެވެ.