ޕްރަތިކް ޖޯޝީއަކީ ފާއިތުވި ހަ އަހަރު ލަންޑަންގައި ދިރިއުޅެމުންއައި އިންޑިޔާ ރައްޔިތެކެވެ. އާއިލާއާ ދުރުގައި އޭނާ އަދާކުރަމުންގެންދިޔައީ ސޮފްޓުވެއާ ޕްރޮފެޝަނެލެއްގެ ވަޒީފާއެވެ. އޭނާގެ އަންހެނުން ޑރ. ކޯމީ އަކީ މެޑިކަލް ޕްރޮފެޝަނަލެކެވެ.
ދެ މިހުން ދެ ގައުމެއްގައި ވަޒީފާއަދާކުރަން ވަނީ މަޖުބޫރުވެފައެވެ. ޕްރަތިކްގެ އަންހެނުން ޑރ. ކޯމީ އަދި ކުޑަ ތިން ދަރީންގެ ޝަކުވާއަކީ އަބަދު ޕްރަތިކް އެމީހުންނާ ދުރުގައި މަސައްކަތް ކުރުމެވެ. އެެހެންކަމުން މިއަަހަރު ޕްރަތިކް ނިންމީ އޭނާގެ އާއިލާ އެއްކޮށް ލަންޑަނަށް ބަދަލުކުރާށެވެ.
އަންހެނުންނާއި ތިން ދަރީން އަބަދުމެ ކުރަމުން އަންނަ ޝަކުވާއަށް ނިމުން ގެނެސްދިނުމަށް ޕްރަތިކް ދިޔައީ އަހަރުތަކެއް ވާންދެން އޭނާގެ އާއިލާ ލަންޑަނަށް ދިރިއުޅުން ބަދަލުކުރަން ބޭނުން ވާނެ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރަމުންނެވެ. ފޮނި އުންމީދުތަކަކާއެކީ ޑރ. ކޯމީވެސް އޭނާގެ ވަޒީފާއިން ވަކިވީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެއަށްފަހު ލަންޑަނަށް ދިއުމަށް ތިން ދަރީންނާއެކީ ދަތުރުގެ ތައްޔާރީތައްވިއެވެ.
ގިނަ އަހަރުތަކެއްގެ ނިމުމަށް ފޮނި އުންމީދުތަކެއް ކުރަމުން، ފޮށިތަންމަތި ބަނދެގެންނެވެ. ލޯބިވާ ފިރިމީހާއާއި އަދި ތިން ދަރީންނާ އެކު އެއާ އިންޑިއާގެ ފްލައިޓު އޭ171އަށް އެރިއެވެ. ދަރީންނަށް ރަނގަޅު މުސްތަގުބަލެއްގެ ހުވަފެއްތައް ދެކެމުންނެވެ. ކުރިމަގުގެ އުޖާލާކަން ހިތަށް ސިފަކުރަމުންނެވެ.
އިންޑިއާގެ ގުޖުރާތުގެ އަހްމަދުއާބާދު އެއާޕޯޓުން ލަންޑަންގެ ގޭޓްވިކްއަށް ދަތުރުފެށިއެވެ. ފްލައިޓަށް އެރުމަށްފަހު ޕްރަތިކްގެ ކުޑަ އާއިލާ ވަނީ އެ ފްލައިޓުގެ ތެރޭގައި އުފާވެރި ހިތިތުންވުންތަކާއެކީ ސެލްފީއެއް ނަގައިފައެވެ. ފޮޓޯއިން ފެންނަނީ ކާމިޔާބީގެ މަންޒިލަށް ވާސިލުވުމަށް ކުރާ ދަތުރުމަތީގެ އިހުސާސްތަކެވެ.
ޕްރަތިކް އާއި އަންހެނުން ފެންނަނީ ސެލްފީގެ އެންމެ ކައިރިންނެވެ. ޕްރަތިކްގެ ވާތް ފަރާތުގެ ތިން ސީޓުން ފެންނަނީ ދެ އަންހެން ކުދީންނާއި އެއް ފިރިހެންކުއްޖެކެވެ. ފެންނަފެނުމަށް އެއީ 3 އަހަރާއި 10 ވަރަަކަށް އަހަރާ ދެމެދުގެ ތިން ކުދިންނެވެ. އެ ކުދީންވެސް ފްލައިޓުގައި ތިބީ ވަރަށް ހިތްހަމަޖެހިފައިކަން އެ ފޮޓޯއިން ހާމަވެއެވެ. މޫނުމަތީން ފެންނަނީ ހިނިތުންވުމެވެ.
ނަމަވެސް ތަގުދީރު ނިޔާކުރީ އެހެން ގޮތަކަށެވެ. ފުލައިޓު ލަންޑަނަށް ދިއުމަށް ދަތުރުފެށި ނަމަވެސް ކުއްލި ގޮތަކަށް ވެއްޓި އެއިން ދަރުތުކުރި އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ.
ބޭރުދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ އަހްމަަދުއާބާދުގެ ސަރުދާރު ވަލްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ދެތިން މިނެޓު ތެރޭގައެވެ. ސޯޝަލް މީޑިއާގައި ދައުރުވި އެ ފްލައިޓުގެ ވީޑިއޯއިން ފެންނަނީ ދަތުރު ފެށުމަށްފަހު ކުޑަ ވަގުތުކޮޅެއްތެރޭ ބޯޓު މައްޗަށް އެރުމުގެ ބަދަލުގައި އަހްމަދުއާބާދުގެ މެގަނީ ނަގަރް ސަރަހައްދަށް ވެއްޓޭ މަންޒަރެކެވެ.
ފްލައިޓު ވެއްޓުއްމަށްފަހު ދެން ފެންނަނީ އަލިފާން ރޯވެ ގޮވާމަންޒަރެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް