މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އެންމެ ބޮޑު ބަޖެޓު އެއާލައިން، އެއާ އަރަބިއާ އިން ރާއްޖެއަށް ދުވާލަކު ދުވާލަކު ދެ ދަތުރުކުރަން ނިންމައިފި އެވެ.

ޝާރްޖާއިން މާލެއަށް ކުރާ ދަތުރުތައް ދެގުނަ ކުރަން ނިންމީ އެ ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން ދުވާލަކު ދެ ދަތުރުކުރާނެ އެވެ.

އެއާ އަރަބިއާ އިން ރާއްޖެއަށް ދަތުރުުރަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 28ގަ އެވެ.

އެއާ އަރަބިއާގެ ފްލީޓުގައި 77 ބޯޓު ހިމެނެއެވެ. އެ އެއާލައިންގެ ދަތުރުތަކުގައި އެއާބަސް އޭ320 ގެ އިތުރުން އެއާބަސް އޭ321 ގެ ބޯޓުތައް ވެސް ބޭނުންކުރެއެވެ.