ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 27 ޕަސެންޓު މަަސައްކަތް ނިންމައިފިއެވެ.
ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ މަހުގެ 19 ގައެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްގެންދަނީ ކުއޭ ވޯލް (އެއްގަމުތޮށި) ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އަދި ޕްރޮޖެކްޓް ސައިޓުގައި ޑްރެޖިން އޮޕަރޭޝަންތައް ވެސް ހިނގަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފިޔޯރީގެ ބަނދަރުގެ މަސައްކަތުގެ އަގަކީ 33.36 މިލިއަން ރުފިޔާއެވެ.
ފިޔޯރީ ބަނދަރު މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
- 26,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
- 18,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
- 155 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
- 281 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 166 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
- 760 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
- ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުންމޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް.
ފާތިމަތު ލިއުޝާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ