ޝާހުރުކް ޚާނާއެކު އާ ލަވްސްޓޯރީއެއްގައި ފެންނަން ބޭނުންވާ ކަމަށް ބަތަލާ ކާޖޮލް ބުނެފިއެވެ. ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ކާޖޮލް މިހެން ބުނެފައިވަނީ ޝާހުއާއެކު މެޗުއަރ ލަވްސްޓޯރީއެއްގައި ފެނިދާނެތޯ ސުވާލުކުރުމުންނެވެ.

"އެކަހަލަ ފިލްމެއްގައި ފެންނަން އަހަރެން ވަރަށް ބޮޑަށް ބޭނުން. ޝާހު މިތާ އިންނަމަ ކަލޭމެންނަށް އޭނާއަށް އެ ޚިޔާލު ހުށަވެސް އެޅިދާނެ" ކާޖޮކް ބުނެފައިވެއެވެ.

އިތުރަށް ވާހަކަދައްކަމުން ކާޖޮލް ވަނީ ޝާހުއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިންޓަވިއުތަކުގައި ޝާހު ވާހަކަދައްކާ ގޮތްވެސް ވަރަށް ރީތި ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލްގެ އާ ފިލްމު "މާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހު 27 ވަނަ ދުވަހު އެވެ. އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ކާޖޮލްގެ އިތުރުން ރޯނިތު ރޯޔު، އިންދްރަނީލް ސެންގުޕްތާ، ޖިތިން ގުލާތީ، ގޯޕާލް ސިންގު، ސުރްޖްޔަސިކާ ދާސް، ޔާނީއާ ބަރަދްވާޖު، ރޫޕްކަތާ ޗަކްރަބޯތީ އަދި ކެރިން ޝަރުމާ ފަދަ އެކްޓަރުން ފެނިގެންދާނެއެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކަޖޯލް ފެނިގެންދާނީ އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކޮންމެ ކަމެއް ވެސް ކުރާ މަންމައެއްގެ ދައުރުންނެވެ.