ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިން ބިލަކަށް ވޯޓު އެހުމަށްފަހު ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވަނީ ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބުދުﷲ ހަމީދު އައްޔަންކުރެއްވުމާ ގުޅޭގޮތުންނާއި ރާއްޖެއިން، ނޭޕާލަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް، ރާއްޖެއިން، އިންޑިއާއަށް މިހާރު ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރެއްވުމާ ގުޅޭގޮތުންނެވެ.

ދެން ވޯޓަށް އަހާފައިވަނީ ސަރުކާރުގެ ފަރާތުން ސިވިލް އޭވިއޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށެވެ.

އެއަށްފަހު މިއަދުގެ ޖަލްސާ ނިންމާލިކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިއަންނަ ހޯމަ ދުވަހުކަން ވެސް ރިޔާސަތުން އިއުލާންކުރިއެވެ.