ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބީ 160 އެއްހާ ކުދިން ކަމަށް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 160 އެއްހާ ކުދިން އެބަތިބި ކަމަށާއި އެ ކުދިންނަކީ މުޖުތަމައަށް ހިދުމަތްތެރި، މުޖުތަމައު ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ހާއްސަކޮށްގެން އެމްޕަވަމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހަދައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ
"ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އުމުރުން 14 ވަރަކަށް އަހަރުވާއިރަށް އަޅުގަނޑުމެންނަށް އެ ކުދިންނަށް ކޮންކަހަލަަ މަސައްކަތެއްތޯ ކުރަން ބޭނުންވަނީ، ކޮންކަހަލަ ކަމެއްތޯ ދަސްކުރަން ބޭނުންވަނީ، އެގޮތަށް އޮޅުންފިލުވައިގެން އެ ކުއްޖަކު ބޭނުންވާކަހަލަ ތަމްރީނުތަކެއް އަޅުގަނޑުމެންނަށް އެބަ މިހާރު ފޯރުކޮށްދެވޭ". މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 75 ކުއްޖަކު މިހާތަނަށް އާއިލާތަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު