ދެ އަހަރުގެ ލަސްވުމަކަށްފަހު، އަޝްވިނީ އިޔަރ ތިވާރީގެ ކޯޓްރޫމް ޑްރާމާ ފިލްމުގެ ޝޫޓިން ފަށައިފިއެވެ. އެމެޒޯން ޕްރައިމް ވީޑިއޯއަށް އުފައްދާ މި ފިލްމުގައި ލީޑް ރޯލުން ފެންނާނީ ސޮނާކްޝީ ސިންހާ އަދި ޖޯތިކާއެވެ.

މި ފިލްމުގައި ކަރީނާ ކަޕޫރު ޚާން އަދި ކިއާރާ އަދްވާނީ ބައިވެރިވާން ކުރީން ހަމަޖެހިފައި އޮތް ނަމަވެސް، އެކަން ވަނީ ބަދަލުވެފައެވެ. މި ބަދަލު އައީ ތަރީންގެ ވަގުތުތައް ދިމާ ނުވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމުގެ ޝޫޓިން ފަށާފައިވަނީ މާލްވާނީ، މަދޫ އައިލެންޑް އަދި ވައިލް ޕާލޭގައެވެ. މި ތަންތަނުގައި ކޯޓްރޫމްގެ އެތެރޭގެ މަންޒަރުތައް އަލުން އުފައްދާފައިވެއެވެ. ފިލްމުގެ ޝޫތިން މިދިޔަ މާޗު މަހު ފަށަން ރޭވިފައި އޮތް ނަމަވެސް، ފެށިފައިވަނީ މިދިޔަ ހަފުތާގައެވެ.