ސުނީލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އެކްޝަން-ޑްރާމާ ފިލްމެއްގައި ފެނިގެންދާނެކަން އިއުލާންކޮށްފިއެވެ. މި ފިލްމު ޑައިރެކްޓްކުރާނީ ބެންގާލީ ޑައިރެކްޓަރު ބިރްސާ ދާސްގުޕްތާ އެވެ. ފިލްމު ޕްރޮޑިއުސްކުރާނީ ޝިބާސިޝް ސަރްކާރު އަދި ރިބު ދާސްގުޕްތާ އެވެ.

ބޮލީވު ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ބަތަލާ އަދި ހޮވާފައެއް ނުވެއެވެ. އެކަމަކު އަވަހަށް އިއުލާންކުރާނެ އެވެ. ފިލްމުގެ ޝޫޓިން ފެށޭނީ މި އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަހާން މިހާރު ވަނީ "ބޯޑަރ 2" ގައިވެސް ބައިވެރިވެފައެވެ. އެ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުއެވެ.

މީގެ ކުރިން އަހާން ވަނީ ޝާދް އަލީ ޑައިރެކްޓްކުރާ ލަވްސްޓޯރީއެއްގައި ބައިވެރިވާން ނިންމައިފައެވެ. އަހާން ފުރަތަމަ ފަހަރަށް ފިލްމަކުން ފެނުނީ 2021 ވަނަ އަހަރު "ތަޑަޕް" ފިލްމުންނެވެ.