އަކްޝޭ ކުމާރުގެ އާ ކޮމެޑީ ފިލްމު "ހައުސްފުލް 5" ތަފާތު ދެ ނިމުމަކާ އެކު ސިނަމާތަކުގައި ދައްކަން ފަށައިފިއެވެ. ތާރުން މަންސުޚާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އިންޑިއާގެ 5000 ސްކްރީނަކަށް ނެރެފައިވާއިރު، މިއީ އަކްޝޭގެ ކެރިއަރުގައި އެންމެ ބޮޑުކޮށް ނެރޭ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

މި ފިލްމުގެ ހާއްސަ ކަމަކީ ތަފާތު ދެ ނިމުމަކާއެކު ނެރެފައިވުމެވެ. "ހައުސްފުލް 5އޭ" އަދި "ހައުސްފުލް 5ބީ" ގެ ނަމުގައި ދެ ވަރޝަން އެއްފަހަރާ ނެރެފައިވެއެވެ.

ފިލްމުގެ ވާހަކައިގައި ދައްކަނީ ކްރޫޒް ޝިޕެއްގައި ހިނގާ މަރެއްގެ ވާހަކައެވެ. މުއްސަނދި ބިލިއަނެއަރެއް (ރަންޖީތް) އޭނާގެ ވާރިސް ޖޮލީއަށް މުދާ ދޭން ނިންމުމުން މަރައިލެވެއެވެ. ނަމަވެސް ކްރޫޒްގައި ތިން ޖޮލީ (އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުޚް، އަބިޝޭކް ބަޗަން) ތިބުމުން މައްސަލަ އުނދަގޫ ވެއެވެ. މި ތިން މީހުންނާއި އެމީހުން ރައްޓެހިވެގެން އުޅޭ މީހުން މި މަރާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވެއެވެ.

ފިލްމުގެ ދެ ވަރޝަންގައި ތަފާތުވަނީ ފަހު 20 މިނެޓެވެ. އެހެން ހުރިހާ ބައިތަކެއް އެއްގޮތެވެ. ފިލްމު އުފެއްދި ފަރާތުން ބުނާ ގޮތުގައި ދެ ވަރޝަން ބަލައި، ދެ ނިމުން ވެސް ބެލުމަށް އޯޑިއަންސަށް ހިތްވަރުދެއެވެ.

ފިލްމުގައި އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުޚް، އަބިޝޭކް ބަޗަން، ފަރުދީން ޚާން، ނާނާ ޕާޓޭކަރު، ޖެކީ ޝްރޮފް، ރަންޖީތް، ޖޮނީ ލީވަރު، ޖެކުލިން ފަރުނާންޑޭޒް، ނަރުގިސް ފަޚްރީ، ޗަންކީ ޕާންޑޭ، ދީނޯ މޮރޭއާ، ސޯނަމް ބަޖްވާ އަދި ސައުންދަރްޔާ ޝަރުމާ ފަދަ ގިނަ ތަރިން ފެނިގެންދެއެވެ.