މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރު އެލަން މަސްކާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މަސްކަކީ ޓްރަޕްމް ވެރިކަމަށް އައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން މީހާއެވެ. ނަމަވެސް މިފަހުން ދެ މީހުންގެ ދެމެދުގައި ހިޔާލު ތަފާތުވެ ދެ ފަރާތުން ދަނީ ބަހުގެ ހަމަލާދައް ދެމުންނެވެ.
ޓްރަމްޕް އާއި މަސްކުގެ ދެމެދުގައި ހިތްހަމަނުޖެހުން އުފެދިފައިވަނީ ޓްރަމްޕް ތަސްދީގުކޮށްފައިވާ ޓެކްސް ބިލާއި އިމިގްރޭޝަން ބިލާމެދު ހިތްހަމަނުޖެހި އެކަމާ މަސްކު ނުރުހުން ފާޅުކުރުމުންނެވެ.
އެގޮތުން މަސްކު ވަނީ އޭނާއާއި ނުލައި ޓްރަމްޕް އަށް 2024 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ނުކުރެވުނީސް ކަމަށާއި ޓްރަމްޕް އާމެދު ހިތްހަމަނުޖެހުން ހުރި ކަމަށް ބުނެފައެވެ.
އޭބީސީ ނިއުސްގެ ނޫސްވެރިޔަކަށް އިއްޔެ ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މަސްކުއާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އޭނާއަކީ ބޯހަމަޖެހޭ މީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މަސްކު އޭނާއާ ވާހަކަދައްކަން ބޭނުންވި ނަމަވެސް އެކަމުގެ ޝައުގެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
މުހައްމަދު އައުޒަމް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް