އެކްޝަން-ކޮމެޑީ ފިލްމު "ހެޑްސް އޮފް ސްޓޭޓް"ގެ ފަހު ޓްރެއިލާ ދައްކާލައިފިއެވެ.
ޕްރިޔަންކާ ޗޯޕްރާ، އިޑްރިސް އެލްބާ އަދި ޖޯން ސީނާ ސްޓާކުރާ މި ފިލްމަކީ ޔޫކޭގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް އަދި އެމްއައި 6 އޭޖެންޓެއް ދުނިޔެ ސަލާމަތްކުރަން ކުރާ މަސައްކަތް ދައްކައިދޭ ފިލްމެކެވެ.
އިލްޔާ ނައިޝުލާ ޑައިރެކްޓްކުރާ މި ފިލްމުގައި ޔޫކޭ ބޮޑުވަޒީރުގެ ރޯލު ކުޅެނީ އިޑްރިސް އެވެ. އެމެރިކާގެ ރައީސްގެ ރޯލު ކުޅެނީ ޖޯން އެވެ. އަދި އެޖެންޓުގެ ރޯލު ކުޅެނީ ޕްރިޔަންކާ އެވެ.
ހެޑްސް އޮފް ސްޓޭޓްގެ އެންމެ ފަހު ޓްރެއިލާގައިވެސް ދައްކައިދެނީ ދެ ރައީސުންގެ ދެމެދު އޮންނަ ހަސަދަވެރިކަން އެއް ފަރާތްކޮށް، ބޭރުގެ ފަރާތަކުން އެ ދެ މީހުންނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއަކުން ސަލާމަތްވާން ކުރަންޖެހޭ މަސައްކަތެވެ.
ހަބަރުތައް ބުނާ ގޮތުން "ހެޑްސް އޮފް ސްޓޭޓް" އަކީ ގްލޯބަލް އެޑްވެންޗާ އެކެވެ.
އެމެޒަން ސްޓޫޑއޯ އިން އޮކްޓޯބަރު 2020 ގައި އިއުލާން ކުރި މި ފިލްމުގެ މަސައްކަތް ފެށީ މެއި 2023 ގައެވެ. މި ފިލްމު ޕްރައިމް ވީޑިއޯގައި ދައްކަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.
ޕްރައިމް ވީޑިއޯ