2012 ގައި ނެރުނު މަޝްހޫރު ރޮމޭންޓިކް ކޮމެޑީ ފިލްމު "ކޮކްޓެއިލް" ގެ ދެވަނަ ބައިގެ ޝޫޓިން އޯގަސްޓްގައި ފަށަން ނިންމައިފިއެވެ. ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ފިލްމު ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖާން އަދި ލަވް ރަންޖަން އެވެ. ޑައިރެކްޓްކުރާނީ ހޯމީ އަދަޖާނިއާ އެވެ.
ފިލްމުގެ ލީޑް ރޯލުގައި ފެނިގެންދާނީ ޝާހިދު ކަޕޫރު، ކްރިތީ ސަނޯން އަދި ރަޝްމިކާ މަންދަންނާ އެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ ލަވް ރަންޖަން އެވެ. ޝޫޓިން ކުރިއަށްދާނީ އިންޑިއާ އަދި ޔޫރަޕްގެ ތަންތަނުގައެވެ. ފިލްމު ރިލީޒް ކުރާނީ 2026 އަންނަ އަހަރުއެވެ.
ޝާހިދު ކަޕޫރު މި ފިލްމުގެ ޝޫޓިން ފަށާނީ ވިޝާލް ބަރަދްވާޖްގެ ފިލްމު ނިންމުމަށްފަހުގައެވެ. ކްރިތީ ސަނޯން މި ފިލްމުގެ ޝޫޓިން ފަށާނީ އާނަންދް އެލް ރާއީގެ ފިލްމު ނިންމުމަށްފަހުގައެވެ. އަދި ރަޝްމިކާ މަންދަންނާ މި ފިލްމުގެ ޝޫޓިން ފަށާނީ "ތަމާ" ފިލްމު ނިންމުމަށްފަހުގައެވެ.
"ކޮކްޓެއިލް" ގެ ފުރަތަމަ ބައިގައި ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ ފެނިގެން ދިޔައެވެ. މި ފިލްމަކީ ވަރަށް ބޮޑަށް މަގުބޫލުވި ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް