ޕްރިންސް ހެރީ އޭނާގެ އާއިލީ ނަން ސްޕެންސަރ އަށް ބަދަލުކުރަން ވިސްނަމުން އަންނަ ކަމަށް ހަބަރުތައް ބުނެފިއެވެ.
ސްޕެންސަރ އަކީ ޕްރިންސެސް ޑަޔާނާގެ އާއިލީ ނަމެވެ. ޑެއިލީ މެއިލްގެ ރިޕޯޓުތަކުން ދައްކާގޮތުގައި ހެރީ ވަނީ މިކަމާ ގުޅޭގޮތުން އޭނާގެ ބޮޑުބޭބެ ޗާލްސް ސްޕެންސަރ އާ ވާހަކަދައްކައިފައެވެ.
ހެރީގެ މި ހުށަހެޅުން މިއައީ އޭނާ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް ބަކިންގަމް ޕެލަސްއިން ވަކިވިތާ 5 އަހަރު ފަހުންނެވެ. ޗާލްސް ވަނީ ހެރީއަށް މި ނިންމުން ނިންމަން ލަފާދީފައެވެ. މިއީ އާ ގާނޫނީ މައްސަލަތަކަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް ޗާލްސް ބުނެފައިވެއެވެ.
ހެރީ އޭނާގެ އާއިލީ ނަމުގެ ގޮތުގައި ކުރިން ބޭނުންކޮށްފައިވަނީ ވޭލްސް އެވެ. އޭނާގެ ދަރީން އާޗީ އަދި ލިލިބެޓްގެ ނަމުގައި މައުންޓްބެޓަން-ވިންޑްސަރ ހިމެނެ އެވެ. މޭގަން މާކަލް ބުނެފައިވާ ގޮތުގައި ސަސެކްސް ނަމުގެ މުހިންމުކަން އޭނާއަށް އެނގުނީ ދަރިން ލިބުމަށްފަހުގައެވެ.
ޕްރިންސް ހެރީ އަދި މޭގަން މާކަލް ކައިވެނިކުރީ 2018 ގައެވެ. އަދި 2020 ގައި އެ ދެ މަފިރިން ވަނީ ޝާހީ އާއިލާއިން ވަކިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ