ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ރާޖްކުމާރު ރާއޯގެ އާ ފިލްމު "މާލިކް" ގެ ޓީޒާ ނެރެފިއެވެ. މި ފިލްމުގައި ރާޖްކުމާރު ފެނިގެންދަނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. ފިލްމުގެ ވާހަކަ ހިނގަނީ 1988 ގެ އަލާހްބާދުގަ އެވެ. ޓީޒާގައި ރާޖްކުމާރު ފެނިގެންދަނީ ވަރަށް ހަރުކަށި އަދި ރަހުމުކުޑަ މީހެއްގެ ގޮތުގައެވެ. މި ފިލްމަކީ ރާޖްކުމާރުގެ ކުރީގެ ކޮމެޑީ ރޯލުތަކާ ވަރަށް ތަފާތު ރޯލެކެވެ.
ޓީޒާ ނެރުމާ ގުޅިގެން ގިނަ ފޭނުން ވަނީ ރާޖްކުމާރުގެ އެކްޝަން މަންޒަރުތަކަށް ތައުރީފުކޮށްފައެވެ. ބައެއް ފޭނުން ބުނެފައިވަނީ ރާޖްކުމާރު މާސް ސިނަމާގައި ވެރިކަން ކުރާނެ ކަމަށެވެ.
"މާލިކް" އަކީ ބާރާއި، ވަފާތެރިކަމާއި، ހިޔާނާތް އަދި އެކެއްގެ ބާރުވެރިކަމުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ކުމާރު ތައުރާނީ އަދި ޖޭ ޝެވަކްރަމަން އެވެ. ޑައިރެކްޓްކުރަނީ ޕުލްކިޓް އެވެ. ފިލްމު ރިލީޒް ކުރަން ހަމަޖައްސާފައިވަނީ ޖުލައި 11 ގައެވެ.
މިންހާ ފާއިޒް ރަޝާދު
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް