އެއިޑްސް ޖައްސުވާ އެޗްއައިވީ ވައިރަސް ޖެހިފައި ހުރި ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މައުލޫމާތުތަކެއް އާންމުކޮށްފި އެވެ.
އެ ބިދޭސީމީހާ މަސައްކަތްކުރާ ފެކްޓަރީގައި އުޅޭ ދިވެއްސަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައިވާ ގޮތުން އެއީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ 31 އަހަރުގެ ބަންގްލަދޭޝް ރާހުލް އަމީން ނަމަކަށް ކިޔާ މީހެކެވެ.
އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައެވެ.
އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރިކަން އެނގުނީ ވިސާ އާކުރުމަށް މެޑިކަލް ޓެސްޓު ހެދުމުންނެވެ. އޭނާއަށް ޖެހިފައި ހުރީ އެޗްއައިވީކަންވެސް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ފިލާފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ކުންފުނިން ނިންމައި މިދިޔަ މަހުގެ 26 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީއަށް އެރުމަށްފަހު އެވެ. އޭގެ ފަހުން އޭނާ ދިޔައީ ކޮންތާކަށް ކަމެއް ސާފެއް ނޫނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ މީހާ ރާއްޖެއިން ބޭރު ނުވާ ކަމަށް ބުނެފައެވެ.
ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުގައިވާ ގޮތުން އެ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 7478833 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ސަތޭކަ ޕަސެންޓް ތި ކަމާބެހޭ މުއައްސަސާތަކުގެ އިހްމާލު
އަޙުމަދު - 1 އަހަރު ކުރިން
މުޅިމާލޭގަ ވަނީ ސީސީޓީވީ ކެމެރާހަރުކޮށްފަ ޕޮލިހުންނަށްތިޔަކަލޭގެ ހޯދޭނެ …
ހިލަބެ - 1 އަހަރު ކުރިން