އިމާރާތްކުރުމުގެ ހުރިހާ ޕްރޮޖެކްޓެއް އިންޝުއަރެސް ކުރަން ޖެހޭ ގޮތަށް "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދު" އިސްލާހުކޮށްފިއެވެ.

"ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެގޮތަށް ގަވައިދު އިސްލާހުކޮށް ގެޒެޓުކުރީ އިއްޔެގެ ވަގުތެއްގައެވެ.

އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ އިރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުންނާއި، އިމާރާތްތަކާއި، ބިނާރުތަކާއި، ހިނގައިބިނގައިވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދާ އަދި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށްޓަކައި، ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދަންވާނެ ކަމަށެވެ.

އިސްލާހުގައި އިތުރަށް ވަނީ 1.5 މިލިއަން ރުފިޔާއަށްވުރެ މަތީން އަގުކުރެވޭ ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭނެހެން ވަކިން ޕްރޮޖެކްޓް އިންޝުއާ ކުރަން ޖެހޭނެ ކަމަށެވެ.