ފިލްމު އިންޑަސްޓްރީއަކީ އަލަށް މައިންނަށް ވާ މީހުނަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ބޮލީވުޑް ތަރި ރާދިކާ އަޕްޓޭ ބުނެފިއެވެ. މިކަން އޭނާ ފާހަގަކޮށްފައިވަނީ ސްކްރީން މަޖައްލާއަށް ދިން އިންޓަވިއުއެއްގައެވެ.
ރާދިކާ ބުނެފައިވާ ގޮތުގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޭނާ ބުނެފައިވަނީ ގިނައިރު މަސައްކަތްކުރަން ޖެހުމާއި، ދަރިފުޅު ނުފެނި ގިނަ ވަގުތު ހޭދަވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
މި ބަޔާން އައިސްފައި މިވަނީ ދީޕިކާ ޕަދުކޯން "ސްޕިރިޓް" ފިލްމުން ވަކިކޮށްލި ކަމަށް ބުނެ ދެކެވޭ ހަބަރު ފެތުރުނުތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުގައި ދީޕިކާ ދުވާލަކު 6 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ނުކުރާނެ ކަމަށް ބުނެ، އޭނާގެ ކޮންޓްރެކްޓަށް ބަދަލު ގެންނަން އެދުނެވެ. ނަމަވެސް އެގޮތަށް ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެއްބަސް ނުވުނާ ގުޅިގެން ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ފިލްމު އިންޑަސްޓްރީގައިވެސް ވަނީ އުފެދިފައެވެ.
ރާދިކާ އަޕްޓޭގެ އެންމެ ފަހުގެ ފިލްމު "ސިސްޓަރ މިޑްނައިޓް" މިހާރު ވަނީ އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފަށައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް