މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލި އޮފިސަރ ޓްރޭނީގެ 50 ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެތެރެއިން، އިންޓާވިއުއަށްފަހު 549 ފަރާތުން އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނު ނިންމައިފިއެވެ.
އިމިގްރޭޝަނުން ހުޅުވާލި އޮފިސަރ ޓްރޭނީގެ 50 ވަޒީފާއަށް ކުރިމަތިލާން ވޯކިން އިންޓަވިއުތަކުގައި ޖުމުލަ 861 މީހަކު ބައިވެރިވެފައިވެއެވެ. އިންޓަވިއުގެ ކަންކަން ކުރިޔަށްގެންދިޔައީ މި މަހުގެ 25 ވަނަ ދުވަހު ގަލޮޅު ސްކޫލުގައި އެ ދުވަހުގެ ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށެވެ.
އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 މީހަކު ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 549 ފަރާތުންކަމަށާއި ޖުމުލަ މާކުހާއެކު އެންމެ މަތީން މާކްސް ލިބުނު 50 މީހުން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
"އިމްތިހާނު ކުރިޔަށްގެންދިޔައީ މިދިޔަ ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު. މި އިމްތިހާނުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ފަސީހު އަދި ޑެޕިއުޓީ ކޮންޓްރޯލަރ، އަހުމަދު އަޝްފާން ވަނީ ވަޑައިގެންފައި." އިމިގްރޭޝަނުން ބުންނެވެ.
ފާތިމަތު ލިއުޝާ
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް