ލަންކާއަށް މޫސުން ގޯސްވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ބާރު ވައި ފޯރާފައިވާއިރު އެ ގައުމުގެ އެކި ސަރަހައްދުތަކަށް ވަނީ އިންޒާރު ނެރެފައެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އިން ވަނީ ކުރިޔަށް އޮތް 36 ގަޑިއިރުތެރޭ ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވައި ބާރު ވާނެ ކަމަށް ފާހަގަކޮށްފައެވެ.
ލަންކާގެ ހުޅަނގު ސަބަރަގަމުވާ އާއި މެދުތެރޭ އަދި ހުޅަނގު އުތުރު ޕްރޮވިންސުތަކަށް މޫސުން ގޯސްވާނެ ކަމަށް ބުނެފައެވެ. އަދި ލަންކާގެ ގޯލް ސަރަހައްދާއި މަޑަރާ އާއި ނޯރަލިޔާގެ އިތުރުން ކެންޑީއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަންކާގެ މެޓުން ބުނެ އެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އިން ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް އޮތް 36 ގަޑިއިރުތެރޭ ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދަށް ވައިގަދަ ވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ލަންކާގެ އޮފިޝަލުން ވަނީ ވެރިރަށް ކޮލަމްބޯގައި ވައިގަދަ ވުމުގެ ހާދިސާތަކުގައި ފަސް މީހަކަށް އަނިޔާ ވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ކޮލަމްބޯގައި އިއްޔެ ހަވީރު ވައި ބާރުވި ވަގުތު ގިނަ އަދަދެއްގެ ގަސް ވެރިފައިވާކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު