މަޝްހޫރު އެކްޓްރެސް ލިންޑްސޭ ލޯހަން އަމިއްލަ ބިއުޓީ ލައިނެއް ތައްޔާރުކުރަމުން އަންނަ ކަން އިއުލާނުކޮށްފިއެވެ. އެކަން އޭނާ އާންމުކުރީ އެލް މަޖައްލާއަށް ދިން އިންޓަވިއުއެއްގައެވެ.

ހަމުގެ ސިއްހަތަށް ވަރަށް ސަމާލުކަން ދޭކަން ހާމަކުރަމުން ލިންޑްސޭ ބުނެފައިވާ ވަނީ އޭނާ ކޮންމެ ހެނދުނަކު ހާއްސަ ޖޫހެއް ބޯ ކަމަށެވެ. އެ ޖޫހުގައި ހިމެނެނީ ކެރެޓް، އިނގުރު، ލޮނުމެދު، އޮލިވް އޮއިލް އަދި އާފަލެވެ. މީގެ އިތުރުން އޭނާ ގްރީން ޓީ އާއި ފެން ގިނައިން ބޯ ކަމަށާއި، އައިސް ފެން މޫނުގައި ހޭކުމާއި، އައި ޕެޗް ބޭނުންކުރުން ފަދަ ކަންކަން ކުރާ ކަމަށް ބުނެފައިވެއެވެ.

ލިންޑްސޭ އިތުރަށް ބުނެފައިވަނީ ދަރިފުޅު ލުއައި އުފަންވުމަށްފަހު އޭނާގެ ހަމަށް ބަދަލު އައިސްފައިވާ ކަމަށެވެ. މި ބަދަލާ ގުޅިގެން އޭނާގެ މުޅި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ލޭގެ ޓެސްޓުތައް ހަދައި، އެލާޖީ ހުރި ހުރިހާ އެއްޗެއް ކެެއުން އޭނާ ވަނީ ހުއްޓާލައިފައެވެ.

ލިންޑްސޭ ބުނެފައިވަނީ މި ބަދަލުތަކާ ގުޅިގެން އޭނާގެ ހަމުގެ ސިއްހަތަށް ދިގު މުއްދަތަކަށް ސަމާލުކަން ދޭން ދަސްވެފައިވާ ކަމަށެވެ. އަދި މިއީ އޭނާއަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ލިންޑްސޭ ލޯހަން އަކީ ކުޑައިރުއްސުރެ ފިލްމުތަކުން ފެންނަ މަޝްހޫރު އެކްޓްރެސްއެކެވެ. އޭނާ އަމިއްލަ ބިއުޓީ ލައިނެއް ތައްޔާރުކުރަމުން އަންނަ ކަމުގެ ހަބަރާ ގުޅިގެން ގިނަ ފޭނުން ވަނީ އުފާފާޅުކޮށްފައެވެ. މި ބިއުޓީ ލައިނާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ދޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.