ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސް ކަޖޯލްގެ އާ ބިރުވެރި ފިލްމު "މާ" ގެ ޓްރެއިލާ ނެރެފިއެވެ. ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ މި ފިލްމުގެ ޓްރެއިލާ ނެރުނީ އިއްޔެ އެވެ.

ފިލްމުގެ ވާހަކައަކީ ދަރިފުޅު ސަލާމަތް ކުރުމަށް ކާލީ ދޭވީގެ ސިފައިގައި ނުކުންނަ މަންމައެއްގެ ވާހަކައެވެ. ޓްރެއިލަރުގައި ކަޖޯލް ފެނިގެންދަނީ އޭނާގެ ދަރިފުޅާއެކު ކާރެއްގައި ދަތުރުކުރާ ތަނުންނެވެ. ފިލްމުގައި ޗަންދަންޕޫރު ނަމަކަށް ކިޔާ ރަށެއްގައި ހިނގާ ސިއްރު ކަންތައްތަކެއްގެ ވާހަކަ ހިމެނެއެވެ.

https://youtu.be/lVvMbXiJjko

ރޯނިތް ރޯއީވެސް މި ފިލްމުގައި ފެނިގެންދެއެވެ. އިންދްރަނީލް ސެންގުޕްތާ، ޖިތިން ގުލާތީ، އަދި ކެރިން ޝަރްމާވެސް ފެނިގެންދާނެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރީ އަޖޭ ދޭވްގަން އަދި ޖްޔޯތި ސުއްބަރާޔަންއެވެ. ސްކްރީންޕްލޭ ލިޔެފައިވަނީ ސައިވިން ކުއަދްރަސްއެވެ. ފިލްމުގެ މިއުޒިކް ކޮމްޕޯސްކޮށްފައިވަނީ ހަރްޝް އުޕަދްޔާޔު، ރޮކީ ކަންނާ، އަދި ޝިވް މަލްހޯތްރާ އެވެ.

ފިލްމު ރިލީޒް ކުރަން ހަމަޖައްސާފައިވަނީ ޖޫން 27 ގައެވެ.