ބޮލީވުޑުގެ މަޝްހޫރު ތަރީން ކަމަށްވާ ސިދާތް، މަލޯތްރާ އަދި ޖާންވީ ކަޕޫރު ލީޑް ރޯލުގައި ފެނިގެންދާ ރޮމޭންޓިކް ކޮމެޑީ ފިލްމު "ޕަރަމް ސުންދަރީ" ގެ ފުރަތަމަ ޓީޒާ ނެރެފިއެވެ.
ގާތްގަނޑަކަށް އެއް މިނެޓުގެ މި ޓީޒަގައި ސިދާތް ފެނިގެންދަނީ ޕަރަމްގެ ރޯލުންނެވެ. އަދި ޖާންވީ ފެނިގެންދަނީ ސުންދަރީގެ ރޯލުންނެވެ. ޓީޒާގައި ކެރެއްލާގެ ރީތި މަންޒަރުތައް ފެނިގެންދާއިރު، ފިލްމުގެ ބެކްގްރައުންޑް މިޔުޒިކްގައި އިވެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގާމްގެ އަޑެވެ.
ފިލްމު ޑައިރެކްޓްކުރަނީ ތުޝާރު ޖަލޯޓާ އެވެ. ފިލްމުގެ ވާހަކައަކީ ދެކުނާއި އުތުރުގެ ސަގާފީ ތަފާތުތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ލަވްސްޓޯރީއެކެވެ. ފިލްމުގައި ރާޖީވް ކަންދެލްވާލް އަދި އާކާޝް ދަހިޔާވެސް ފެނިގެންދާނެއެވެ. ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖާން އެވެ. ފިލްމު ރިލީޒް ކުރަނީ ޖުލައި 25 ގައެވެ.
ޓީޒާ ނެރުމާ ގުޅިގެން ގިނަ ފޭނުން ވަނީ އުފާފާޅުކޮށްފައެވެ. ހާއްސަކޮށް ރޮމޭންޓިކް ކޮމެޑީ ޖާންރާގެ ފިލްމެއް އަންނާތީ ގިނަ ބަޔަކު އެކަން ފާހަގަކޮށްފައިވެއެވެ. އަދި ސޯނޫ ނިގާމްގެ އަޑު އިވުނު ކަމަށްޓަކައި ވެސް ވަނީ ތައުރީފުކޮށްފައެވެ. ފިލްމުގެ މިޔުޒިކަށްވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް