ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ރާޖް މެހެތާ އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު އަނެއްކާވެސް އެކުގައި އުފައްދާ އާ ފިލްމެއްގެ ތަފްސީލުތައް އާންމުވެއްޖެއެވެ. ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި "ލަގްޖާ ގަލޭ" ނަމަކަށް ކިޔާ މި ފިލްމުގައި ޓައިގާ ޝްރޮފް އަދި ޖާންވީ ކަޕޫރު ފުރަތަމަ ފަހަރަށް އެއް ފިލްމަކުން ފެނިގެންދާނެއެވެ.
މި ފިލްމަކީ ބަދަލު ހިފުމުގެ އެކްޝަން ލަވް ސްޓޯރީއެކެވެ. ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. ފިލްމު ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅެވެ.
އެއީ ޓައިގާ ޝްރޮފް "ބާގީ 4" ގެ ޕްރޮމޯޝަންތައް ނިންމުމަށްފަހު އަދި ޖާންވީ ކަޕޫރު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ކެމްޕޭން ނިންމުމަށްފަހުއެވެ.
ކަރަން ޖޯހަރުގެ އެހެނިހެން ޕްރޮޖެކްޓުތަކުގެ ތެރޭގައި "ހޯމްބައުންޑް"، "ދަޅަކް 2" އަދި "ސަނީ ސަންސްކާރީ ކީ ތުލްސީކުމާރީ" ހިމެނެއެވެ. "ހޯމްބައުންޑް" އަކީ ނީރަޖް ގަޔްވާން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި އިޝާން ކައްތަރު، ވިޝާލް ޖެތްވާ އަދި ޖާންވީ ކަޕޫރު ފެނިގެންދާނެއެވެ.
"ލަގްޖާ ގަލޭ" އަކީ ރާޖް މެހެތާ ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މިއީ ނަދިއާދްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް