ރާއްޖޭގެ 18 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް ހަދަން ސަރުކާރުގެ ތިން ކުންފުންޏާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ރަށްރަށުގައި އެ އިމާރާތްތައް ހަދަން ހަވާލުކުރީ އާރްޑީސީ، ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެމްޓީސީސީއާއެވެ.
އެ މަޝްރޫއުގެ ތެރެއިން އާރްޑީސީއާ ހަވާލުކުރީ ހަތަރު ރަށެއްްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް ހެދުމަށެވެ. ފެނަކައާ ނުވަ ރަށެއް ހަވާލުކުރި އިރު، އެމްޓީސީސީއާ ހަވާލުކުރީ ފަސް ރަށެއްގެ މަޝްރޫއުތަކެވެ.
އާރްޑީސީއާ ހަވާލުކުރި ރަށްތައް:
- ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތް
- މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ގއ. ދާންދޫ ހޮސްޕިޓަލްގެ އާ އިމާރާތް
އެމްޓީސީސީއާ ހަވާލުކުރި ރަށްތައް:
- ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް
- ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް
- ދ. ހުޅުދެލީ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރި ރަށްތައް
- ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް
- ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
- ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތް
- ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު