ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއް ބިންދާލި މައްސަލައިގައި އެކަން ކުރި ކަމަށް ތުހުމަތުވާ ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.
ކަނޑޫދޫ ސްކޫލުގެ ދަރުވަރެއްގެ އިނގިލީގައި އެ ސްކޫލުގެ ބިދޭސީ ޓީޗަރަކު ހިފައި އަނބުރާލައި ހުޅު ނައްޓާލައިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އަނިޔާވެފައިވަނީ ފިރިހެން ދަރިވަރަކަށެވެ. އެ ދަރިވަރަށް ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާވެސް ދިނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތު ކުރެވޭ އިންޑިއާ ޓީޗަރު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މުހައްމަދު ސިމާއު
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް