ޕްރަބާސް ލީޑް ރޯލުގައި ފެންނަ ފިލްމު "ސްޕިރިޓް"އިން ދީޕިކާ ޕަދުކޯން ވަކިވުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތައް އިތުރަށް ބޮޑުވެއްޖެއެވެ. ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އާއި ދީޕިކާއާ ދެމެދު ހަމަނުޖެހުން ބޮޑުވަމުންދާކަން ބޮލީވުޑް ހަބަރުތަކުން ވަނީ ފާހަގަކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައި ސަންދީޕް ވަނީ ސޯޝަލް މީޑިއާގައި ސީދާ ދީޕިކާގެ ނަން ނުގެނެސް، ނަމަވެސް އޭނާއަށް އަމާޒުކޮށް ކަމަށް ބެލެވޭ ޕޯސްޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އެކްޓަރަކަށް ވާހަކަ ކިޔައިދެނީ ސިއްރު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، ދީޕިކާ ވަނީ އެ އެއްބަސްވުމާ ހިލާފު ވެފައި ކަމަށެވެ. ޒުވާން އެކްޓަރަކަށް ދެރަގޮތެއް ހަދައި، ފިލްމުގެ ވާހަކަ ހާމަކޮށްފައިވާ ކަމަށް ބުނެ، މިއީ ދީޕިކާގެ ފެމިނިޒަމްތޯ ސުވާލުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދީޕިކާ ސީދާ އެއްޗެއް ނުބުނި ނަމަވެސް، ވޯގް އަރަބިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އުނދަގޫ ހާލަތްތަކާ ކުރިމަތިލާއިރު، އޭނާގެ އެތެރޭގެ އަޑަށް ކަންފަތް ދޫކޮށް، އަމިއްލަ ނިންމުންތަކުގައި ސާބިތުވެ ހުރުމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ.
ދީޕިކާ ފިލްމުން ވަކިވުމާ ގުޅިގެން އޭނާގެ ބަދަލުގައި ޓްރިޕްޓީ ދިމްރީ ވަނީ ހަމަޖައްސައިފައެވެ. "ސްޕިރިޓް" އަކީ ޕޮލިސް އެކްޝަން ޑްރާމާ ފިލްމެއްގެ ގޮތުގައި އޭ-ރޭޓެޑް ފިލްމެއްގެ ގޮތުގައި ނެރުމަށް ރޭވިފައިވާ ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް