ޗައިނާގައި ކެމިކަލް ޕްލާންޓެއް ގޮވައި ފަސް މީހުން މަރުވެއްޖެއެވެ.

ޗައިނާގެ އިރުމަތީ ޝަންޑޮންގް ޕްރޮވިންސުގައި އިއްޔެ ހިނގި އެ ހާދިސާގައި 19 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ޕްލާންޓް ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ އެ ސަރަހައްދުގައި އޮރެންޖާއި ކަޅު ދުން ފެތުރެމުން ދަނިކޮށެވެ. އަދި ގޮވުމާއެކު ޕްލާންޓް ކައިރީގައި ހުންނަ އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް އެކި ގެއްލުން ވެފައިވާތަންވެސް ފެނެއެވެ.

ޗައިނާގެ އިމަޖެންސީ ރެސްޕޮންސް އޮތޯރިޓީން ބުނީ، އެ ހާދިސާ ހިނގުމާއެކު 200 އަށްވުރެ ގިނަ އިމަޖެންސީ ރެސްޕޮންސް ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.