ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަރު ކަމަށް ބޭފުޅަކު އައްޔަނުކުރަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ޕޮލިސް ބޯޑުން ވަޒަންކޮށް ހޯމްލޭންޑް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ސުޖާއު އިސްތިއުފާ ދެއްވީ، ހ. ފެންޓެނޯއީ މަތިން ވެއްޓި ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ހަދާ ގޯސްތަކަށް ފާޑުކިޔުން އަމާޒު، ޒުވާނުން ކުރަން ފެށި މުޒާރަހާތަކާ ގުޅިގެންނެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ. ނަމަވެސް ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މަގާމު ވަގުތީ ގޮތުން ވަނީ ހަވާލުކޮށްފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު