އަމިތާބް ބަޗަންގެ ކާފަދަރިފުޅު، އަގަސްތިޔާ ނަންދާގެ ބޮޑު ސްކްރީން ޑެބިއު، "އިއްކީސް" ފިލްމު ރިލީޒް ކުރާ ތާރީހު ކަނޑައަޅައިފިއެވެ. މި ފިލްމަކީ ހަނގުރާމައާ ބެހޭ ޑްރާމާ ފިލްމެކެވެ. މެޑްޑޮކް ފިލްމްސްއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ފިލްމު ރިލީޒްކުރާނީ މި އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހުއެވެ.
"އިއްކީސް"ގައި އަގަސްތިޔާގެ އިތުރުން ދަރްމެންދްރާ އަދި ޖައިދީޕް އަހްލާވަތް ވެސް ލީޑް ރޯލުތަކުގައި ފެންނާނެ އެވެ. މި ފިލްމަކީ ސެކަންޑް ލެފްޓިނަންޓް އަރުން ކެޓާރްޕާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަރުން ކެޓާރްޕާލްއަކީ ޕަރަމް ވީރް ޗަކްރާ ލިބިފައިވާ ހަނގުރާމަވެރިއެކެވެ.
ފިލްމު ޑައިރެކްޓް ކުރަނީ ސްރީރާމް ރާގަވަން އެވެ. "އިއްކީސް" އުފައްދަނީ މެޑޮކް ފިލްމްސްއިންނެވެ. މި ސްޓޫޑިއޯއިން ކުރީން ވަނީ "ސްޓްރީ"، "ސްޓްރީ 2" އަދި "ބާލާ" ފަދަ ބޮޑެތި ހިޓް ފިލްމުތައް އުފައްދައިފައެވެ.
ފިލްމުގެ ޓީޒާގައި 1971 ގެ އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ ތެރެއިން ބަސަންތަރުގެ ހަނގުރާމައިގެ ވަގުތު ފޮނުވި ޓެލެގްރާމެއް ދައްކާފައިވެއެވެ. މި ޓެލެގްރާމްގައި އަރުން ކެޓާރްޕާލް ހަނގުރާމައިގައި ޝަހީދުވި ހަބަރު ހިމެނެއެވެ.
އަގަސްތިޔާ ނަންދާ ފުރަތަމަ ފަހަރަށް ފިލްމެއްގައި ފެނިފައި ވަނީ ޒޯޔާ އަހްތަރުގެ "ދަ އާޗީސް" އިންނެވެ. އެ ފިލްމަކީ ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމެކެވެ. "ދަ އާޗީސް" އަކީ އާޗީ، ބެޓީ، ވެރޮނިކާ، ޖަގްހެޑް، ރެޖީ، އެތެލް އަދި ޑިލްޓަންގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް