ޕްރަބާސް މައި ރޯލުން ފެނިގެންދާ ފިލްމު "ސްޕިރިޓް" އިން ދީޕިކާ ޕަދުކޯން ވަކިވުމާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އާއި ދީޕިކާގެ ޕަބްލިކް ރިލޭޝަންސް ޓީމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ.
މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ދީޕިކާ ފިލްމުން ވަކިވެފައިވަނީ މި ފިލްމުގައި ހިމެނޭ ބޯލްޑް މަންޒަރުތަކުގެ ސަބަބުންނެވެ. އަދި އެހެން ސަބަބުތަކުގެ ތެރޭގައި އުޖޫރައިގެ މައްސަލަ، ޝެޑިއުލް ފައިނަލް ކުރުމަށް އެދުން އަދި ތެލިނގު ބަސް ދަސްކުރަން ޖެހުންވެސް ހިމެނޭ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޑައިރެކްޓަރު ވަންގާ ވަނީ ސޯޝަލް މީޑިއާގައި ދިގު ޕޯސްޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ ދީޕިކާ ވަނީ ސިއްރު އެއްބަސްވުމަކާ ހިލާފުވެ، އެހެން ޒުވާން އެކްޓަރަކަށް ދެރަގޮތެއް ހަދައި، ފިލްމުގެ ވާހަކަ ހާމަކޮށްފައި ކަމަށެވެ.
ދީޕިކާގެ ބަދަލުގައި ފިލްމުގެ ލީޑިން އެކްޓްރެސްގެ ގޮތުގައި ޓްރިޕްޓީ ދިމްރީ ވަނީ ހަމަޖައްސައިފައެވެ. ޓްރިޕްޓީ ހޮވުނު ސަބަބުތަކުގެ ތެރޭގައި ކުރީން ޑައިރެކްޓަރާއެކު މަސައްކަތްކޮށްފައި ވުމާއި "އެނިމަލް" ފިލްމުން މަޝްހޫރުވެފައި ވުން ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.
"ސްޕިރިޓް" އަކީ ޕޮލިސް އެކްޝަން ޑްރާމާ ފިލްމެއްގެ ގޮތުގައި، އޭ-ރޭޓެޑް ފިލްމެއްގެ ގޮތުގައި ނެރުމަށް ރޭވިފައިވާ ފިލްމެކެވެ. ކުރިން މި ފިލްމުން ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރް ޚާންވެސް ވަނީ އުޖޫރައިގެ މައްސަލައާ ހެދި ވަކިވެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބުނާތީ އިވޭ ދީޕިކާ މާބޮޑު އަގެއް ކިޔުމާ ފިލްމުން ލިބޭ ފައިދާގެ ބައެއްވެސް ބޭނުންވުން ކަމަށް އެހެންމީހަކު ހޯދީ ދީޕިކާ 15،ކްރޯޑް ޓްރިޕްޓީ 1ނޫނީ 2 ކްރޯޑް ގިނަފަހަރަށް ސުޕަރ ސްޓާރ ހީރޯއާއކު ބައިވެތިކުރާ ހީރޯއިންގެ މާބޮޑު ރޯލެއް ފިލްމްގައި ނޯންނާނެ
ކަނީސާ - 1 އަހަރު ކުރިން