ކާޖޮލްގެ އަލަށް ނެރޭ ބިރުވެރި ފިލްމު "މާ" ގެ ޕޯސްޓަރެއް ރިލީސްކޮށްފިއެވެ. މި ޕޯސްޓަރުގައި އޭނާ ފެންނަނީ ވަރަށް ހަރުކަށި އަދި ބާރުގަދަ ސިފައެއްގައެވެ.
ޕޯސްޓަރުގައި ވަނީ ރަތް ލޯ ހުރި ބިރުވެރި ސިފައެއްގެ ކެރެކްޓަރަކާއި، އޭނާއާ ދެކޮޅަށް ހުރި ކާޖޮލްގެ ކެރެކްޓަރެވެ. ޕޯސްޓަރުގައި ލިޔެފައިވަނީ "ރަކްޝަކް ބަކްޝަކް އައުރް މާ" އެވެ.
ކާޖޮލް ބުނެފައިވާ ގޮތުގައި މި ފިލްމުގެ ޓްރެއިލާ ހަތަރު ދުވަހުގެ ތެރޭގައި ނެރޭނެ އެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ވިޝާލް ފޫރިއާ އެވެ.
"މާ" އަކީ 2024 ވަނަ އަހަރުގެ ހިޓް ފިލްމު "ޝައިތާން" ގެ ޕްރޮޑިއުސަރުން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ކާޖޮލްގެ އިތުރުން ރޯނިތް ރޯއި، އިންދްރަނީލް ސެންގުޕްތާ އަދި ކެރިން ޝަރްމާ ފަދަ ތަރީން ބައިވެރިވެއެވެ. ފިލްމުގެ ވާހަކައަކީ ހެވާއި ނުބައިގެ މެދުގައި އޮންނަ ދެމިގެންވާ ހަނގުރާމައިގެ ވާހަކައެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް