ދިރާގު މާލެ އޯޕަން 2025 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

މިއީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ސްވިމިން މުބާރާތެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ސްވިމިން މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވައިފައިވާ މުބާރާތެކެވެ.

އެ މުބާރާތުގައި 350 ފެތުންތެރިން ބައިވެރި، 340 އަށްވުރެ ފެތުންތެރިން ރޭސް ފުރިހަމަކޮށްފައިވެއެވެ.

ދިރާގުން ބުނި ގޮތުގައި އެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

އެމުބާރާތުގައި، އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ވަނީ ބައިވެރިވެފައިވެއެވެ.

އެ މުބާރާތުގެ އެންމެ ހާއްސަ އެއް ފެނިލުމަކަށް ވެގެންގޮސްފައި ވަނީ ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކާގެ ބައިވެރިވުމެވެ. އެޑަމް ވޯކަރ ވަނީ މި އިވެޓުގައި ބައިވެރިވި ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުލައިދީ ތަޖުރިބާ ހިއްސާކޮށްފައެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ، ކޮމްޕެޓިޓިވް އެއް ކިލޯމީޓަރު ކެޓަގަރީ އަދި އަލަށް ފަށާ ފެތުންތެރިންނަށާއި ދިހަ އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީއެވެ.

ދިރާގު މާލެ އޯޕަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިންނަކީ:

10-12 އަހަރާ ދެމެދު ފިރިހެން

·1 ވަނަ: އިބްރާހީމް ޔުއާން ޝަމީމް (18:07:11)

·2 ވަނަ: މިކައިލް ލައެލް ޢަބްދުލްޢަލީމް (20:24:98)

·3 ވަނަ: ނޫމާން މުޙައްމަދު ނަސީފު (20:25:88)

10-12 އަހަރާ ދެމެދު، އަންހެން

·1 ވަނަ: މަރްޔަމް އައިރާ ޝިރްމީލް (18:43:88)

·2 ވަނަ: ޢައެޝާ ޒަޔާހް ޙުސައިން (21:25:23)

·3 ވަނަ: ޢަޝްޔާ އެއިލިޔާ ނާޒިމް(23:00:10)

13 – 14 އަހަރު، ފިރިހެން

·1 ވަނަ: އިސްމާޢިލް ހާމް ޙުސައިން (17:19:50)

·2 ވަނަ: މުޙައްމަދު އަލްޔަން ޝިފާން (17:20:89)

·3 ވަނަ: އިބްރާހީމް ޖޫދް ޙުސައިން (17:22:83)

13 – 14 އަހަރު، އަންހެން

·1 ވަނަ: އަލްޔާ އަޝްރަފް (18:59:53)

·2 ވަނަ: މަރްޔަމް މީސަމް ނިޔާޒް (19:06:52)

·3 ވަނަ: ދާލިޔާ އައިޑާ ލަޠީފް (20:29:87)

15 – 19 އަހަރު، ފިރިހެން

·1 ވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒް (15:22:72)

·2 ވަނަ: ލޫޠު މުޙައްމަދު ޙުސައިން (15:29:17)

·3 ވަނަ: ޔޫސުފް ޒިޔާން ޒާހިދު (15:37:33)

15 – 19 އަހަރު، އަންހެން

·1 ވަނަ: އަޔާނާ ޢަރީފް (17:19:83)

·2 ވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17:21:32)

·3 ވަނަ: ލައިބާ ޙަސަން މަނިކު (17:30:97)

20 – 29 އަހަރު، ފިރިހެން

·1 ވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15:18:44)

·2 ވަނަ: އަޙްމަދު ޝާވީ ރާފިޢު (22:25:25)

30 – 39 އަހަރު، ފިރިހެން

·1 ވަނަ: މުޙައްމަދު ޢާމިރު (20:36:55)

·2 ވަނަ: މިންވާލް އިބްރާހީމް (23:05:97)

·3 ވަނަ: ޢަބްދުﷲ ޢަބްދުއްރަޙީމް (24:41:58)

40 – 49 އަހަރު، ފިރިހެން

·1 ވަނަ: އާދަމް ޢަރީފް (22:27:73)

·2 ވަނަ: ޙުސައިން އިލްހާމް (23:09:60)

·3 ވަނަ: އަޙްމަދު ފިރާސް ޢަފީފް (23:13:49)

50 އަހަރުން މަތި، ފިރިހެން

·1 ވަނަ: ޙުސައިން ރިޔާޒް (26:51:69)

·2 ވަނަ: ޢަބްދުއްޝަކޫރު (27:11:28)

·3 ވަނަ: އަޙްމަދު ނިޔާޒް (29:46:44)

މުޅި މުބާރާތުން އެންމެ މޮޅު، ފިރިހެން

·1 ވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15 މިނިޓު 18.44 ސިކުންތު)

·2 ވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒު (15 މިނިޓު 22.72 ސިކުންތު)

·3 ވަނަ: ލޫޠު މުޙައްމަދު ޙުސައިން (15 މިނިޓު 29.17 ސިކުންތު)

މުޅި މުބާރާތުން އެންމެ މޮޅު، އަންހެން

·1 ވަނަ: އަޔާނާ ޢަރީފު (17 މިނިޓު 19.83 ސިކުންތު)

·2 ވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17 މިނިޓު 21.32 ސިކުންތު)

·3 ވަނަ: ލައިބާ ޙަސަން މަނިކު (17 މިނިޓު 30.97 ސިކުންތު)

ދިރާގު މާލެ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.