ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިލީގެ ހުޅު، އެ ސްކޫލުގެ ބިދޭސީ ޓީޗަރަކު ނައްޓާލި މައްސަލަ ފުލުހުން ބަަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، މިއަދު 10:55 ހާއިރު ކަނޑޫދޫ ސްކޫލުގެ ދަރުވަރެއްގެ އިނގިލީގައި އެ ސްކޫލުގެ ބިދޭސީ ޓީޗަރަކު ހިފައި އަނބުރާލައި ހުޅު ނައްޓާލައިފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަނިޔާވި ކުއްޖާއަށް ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އަނިޔާވެފައިވަނީ ފިރިހެން ދަރިވަރަކަށެވެ. އޭނާއަށް އަނިޔާ ދީފައިވަނީ ބިދޭސީ ފިރިހެން ޓީޗަރެކެވެ.