އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝަވަރުގެ ގޮތިގައި އެއް މިލިޔަން ޑޮލަރު ގަބޫލު ކުރައްވައި މަނީލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހެކިންގެ ހެކިބަސް ނަގައި ނިންމާލައިފިއެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ކުރިމިނަލް ކޯޓުގައި މިއަދު އޮތީ، ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅުއްވި ދެ ހެކިންގެ ހެކިބަސް ނެގުމެވެ.

އެގޮތުން، މުލިީއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދުގެ އިތުރުން، ޔާމީނަށް ރިޝްވަތު ދިން ކަމަށް ދައުލަތުން މީގެ ކުރިން ތުހުމަތުކޮށް ދައުވާ ކުރި ކްރިކް ރިޒާކެ ހެކިބަސް ނެގުންވެސް މިއަދު ކުރިއަށް ދިޔައެވެ.

ރައީސް ޔާމީންގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި، އޭރުގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް، އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދޭން ދެކޮޅު ހައްދަވައިފައެވެ.

މިއަދު ހެކިބަސް ދިން މީހުންގެ ތެރެއިން، ކްރިކް ރިޒާއަކީ ފުއްގިރީގެ މައްސަލައިގެ ދައުވާ މީގެ ކުރިން ދައުލަތުން އުފުލި މީހެކެވެ.

ނަމަވެސް އޭނާގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ އެ އަށް ފަހުގައެވެ.