މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުންކުރާ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ބާއްވައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ، ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން، މުލިއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ބުނީ ސަން ކުންފުނީގެ ވެރިޔާ ކަމަށްވާ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމަށް ދޭން ޖެހޭ ފައިސާތަކެއް ކަމަށް ވިދާޅުވެ، ފައިސާތަކާ ހަވާލުވުމަށް، ހިލާލީގެ އަށް އައުމަށް ޔާމީން އޭނާއަށް އެންގެވި ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޭރުގެ ރަސްމީ ގެ ކޮޅަކީ ހިލާލީގެއެވެ.
ހިލާލީގެއަށް ހަމަ އެ ރޭ އޭނާ ދިޔައިރު މޭޒެއް މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ހުރިކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެއީ 17 މިލިއަންކަން އެނގުނީ ޔާމީން ވިދާޅުވުމުން ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާބުނީ ފައިސާތައް ހުރީ 50،000 ރުފިޔާއިން، ބަންޑަލް ކޮށްފައި ކަމަށެވެ.
އެހެންކަމުން އެ ފައިސާ ލަގެޖް ބޮޑު ފިއްޓަކަށް އެޅީ އޭނާ ކަމަށާއި އެ ފޮއްޓާ ހަވާލުވުމަށް ސިޔާމްގެ ކާރުގައި އޭނާގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް ދިޔަ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެކަން ހިނގި ސީދާ ތާރީހު ނޭނގޭ ކަމަށާއި އެއީ 2016 ވަނަ އަހަރުގެ މެދުހެއްހާ ހިސާބު ކަމަށްވެސް ބުންޏެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް