އިންޓެލްއިން ޖީޕީޔޫ ބޭނުންކޮށްގެން ހިންގާ އޭއައި ސިސްޓަމްތައް މެނޭޖްކުރުމަށް އަމާޒުކޮށްގެން އާ ޒިއޯން 6 ސީޕީޔޫތަކެއް ތައާރަފުކޮށްފިއެވެ. މި ސީޕީޔޫތަކުގައި އިންޓެލްގެ ޕްރިއޮރިޓީ ކޯ ޓާބޯ (ޕީސީޓީ) ޓެކްނޮލޮޖީ ހިމެނެއެވެ.

އިންޓެލް ޒިއޯން 6776ޕީ ވަނީ އެންވިޑިއާ ޑީޖީއެކްސް ބީ300 ގެ ހޯސްޓް ސީޕީޔޫގެ ގޮތުގައި ހޮވިފައެވެ. ޒިއޯން 6 ޕްރޮސެސަރު ތަކުގައި 128 ޕަރފޯމަންސް ކޯ ހިމެނެ އެވެ. މި ސީޕީޔޫތަކުގައި ކުރީގެ ޖީލުގެ ސީޕީޔޫތަކަށްވުރެ 20 ޕަސެންޓް އިތުރު ޕީސީއައި ލޭން ހިމެނެއެވެ.

މި ސީޕީޔޫ ތަކަށް އެފްޕީ16 ޕްރެސިޝަން އެރިތްމެޓިކް ސަޕޯޓް ކުރެއެވެ. ޕީސީޓީ ޓެކްނޮލޮޖީއިން ހައި-ޕްރައިއޮރިޓީ ކޯތައް މަތީ ޓާބޯ ފްރިކުއެންސީގައި ހިންގޭނެ އެވެ. މި ސީޕީޔޫތަކުގައި އިންޓެލް ސްޕީޑް ސެލެކްޓް ޓެކްނޮލޮޖީ - ޓާބޯ ފްރިކުއެންސީ ހިމެނެއެވެ.

އިންޓެލްގެ މި އާ ސީޕީޔޫތަކަކީ އޭއައި ވޯކްލޯޑްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ސީޕީޔޫތަކެކެވެ. މި ސީޕީޔޫތަކުން އޭއައި ސިސްޓަމްތަކުގެ ޕަރފޯމަންސް ރަނގަޅުވެ، ޑޭޓާ ޓްރާންސްފަރ އަވަސްވާނެ ކަމަށް އިންޓެލްއިން ބުނެފައިވެއެވެ.