ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕަރޭޝް ރާވަލް "ހީރާ ފޭރީ 3" އިން ވަކިވެއްޖެއެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޕަރޭޝް ފިލްމުން ވަކިވީ ފިލްމުގައި ބައިވެރިވާން ދޭން ޖެހޭ ފީ އެއްކޮށް ނުލިބުމުންނެވެ. އޭނާއަށް 15 ކްރޯޑު ރުޕީސް ދޭން ހަމަޖެހިފައި ވީ ނަމަވެސް ސޮއިކުރުމުން ދީފައިވަނީ 11 ލައްކަ ރުޕީސް ކަމަށް ހަބަރުތައް ބުނެއެވެ. އަދި ބާކީ އަދަދު ލިބޭނީ ފިލްމު ނެރުމަށްފަހު ކަމަށް ވަނީ ބުނެފައެވެ. ފިލްމުން ވަކިވި އިރު އޭނާ ވަނީ ލިބުނު 11 ލައްކަ ރުޕީސް 15 ޕަސެންޓާ އެކު އިތުރަށް ދައްކައިފައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ޕަރޭޝް ކުއްލިއަކަށް ފިލްމުން ވަކިވުމުން އަކްޝޭ ކުމާރު ވަނީ އޭނާގެ މައްޗަށް މައްސަލަ ހުށަހަޅައިފައެވެ. އަކްޝޭގެ ވަކީލުން ބުނާ ގޮތުގައި ޕަރޭޝްގެ މި އަމަލުން ފްރެންޗައިޒަށް ގެއްލުން ވެފައިވެއެވެ.

"ހީރާ ޕޭރީ" ގެ ފުރަތަމަ ފިލްމު ނެރުނީ 2000 ވަނަ އަހަރުއެވެ. "ހީރާ ޕޭރީ 3" ގެ ޑައިރެކްޓަރަކީ ޕްރިޔަދަރްޝަން އެވެ. ޕަރޭޝް ރާވަލް އަކީ "ހީރާ ޕޭރީ" ފްރެންޗައިޒްގެ މަޝްހޫރު ކެރެކްޓަރު ބާބޫރާއޯ ގަންޕަތްރާއޯ އަޕްޓޭގެ ރޯލު ކުޅޭ އެކްޓަރެވެ. މި ފްރެންޗައިޒްގެ ތިންވަނަ ބައި އަންނާނެ ކަމަށް ގިނަ ބަޔަކު 20 އަހަރު ވާންދެން އިންތިޒާރުކޮށްފައިވެއެވެ.