ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓު ރަނގަޅުކޮށް، ފްލެޓަށް ޝަރުތު ހަމަވަނީ، 1،820 މީހުން ކަމަށް ކަނޑައަޅައި އާއްމު ކުރި ފްލެޓް ލިސްޓަށް ހުށަހެޅި ޝަކުވާތައް ބަލައި މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ފްލެޓަށް ޝަރުހަމަވާ މީހުންގެ ލިސްޓު އާއްމުކުރުމަށްފަހު، މިދިޔަ އޭޕްރީލް މަހުގެ 15 ގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި ފުރުތުގައި، ޖުމްލަ 8،602 ޝަކުވާ ހުށަހެޅިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅި 5،236 ޝަކުވާ އާއި، އީމެއިލް މެދުވެރިކޮށް ހުށަހެޅި 2،840 ޝަކުވާގެ އިތުރުން ސިޓީ މެދުވެރިކޮށް ފޮނުވި 526 ޝަކުވާ ހިމެނެއެވެ.