ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވާންގެ އާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ނެރޭ ދުވަސް އިއުލާނުކޮށްފިއެވެ.
އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ 10 އޭޕްރިލް 2026 ގައެވެ.
ވަރުންގެ ބައްޕަ ޑޭވިޑް ދަވާން ޑައިރެކްޓް ކުރާ މި ފިލްމުގައި މުރުނާލް ތާކުރު، ޕޫޖާ ހެގްޑޭ އަދި މައުނީ ރޯއީ ބައިވެރިވެއެވެ. ފިލްމުގެ ނަން ނަގާފައިވަނީ "ބީވީ ނަންބަރު 1" ފިލްމުގެ ލައިނެއްގެ މައްޗަށް ބިނާކޮށެވެ.
ރޮމޭންޓިކް ކޮމެޑީ ޖާންރަގެ މި ފިލްމުގައި "ޗުނާރީ ޗުނާރީ" ލަވައިގެ ރީމިކްސް ވަރޝަނެއް ހިމެނޭނެ އެވެ.
ފިލްމުގެ ޕޯސްޓަރު ހިއްސާކުރުމާއެކު ގިނަ ބަޔަކު ވަނީ އެކި ގޮތްގޮތުން ކޮމެންޓް ކޮށްފައެވެ. ބައެއް މީހުން ބުނެފައިވަނީ މި ފިލްމުން "މެއި ތޭރާ ހީރޯ" ގެ ވައިބްސް ލިބޭ ކަމަށެވެ. އަދި ބައެއް މީހުން ބުނެފައިވަނީ 2026 އަކީ ވަރުން ދަވާންގެ އަހަރު ކަމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް