ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން އަދި ޑައިރެކްޓަރު އެޓްލީގެ އާ ފިލްމު "އޭއޭ22އެކްސްއޭ6" ގައި 5 އަންހެން ތަރީން ބައިވެރިވާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ.
އޭގެ ތެރޭގައި ދީޕިކާ ޕަދުކޯން، މުރުނާލް ތާކުރު އަދި ޖާންވީ ކަޕޫރު ހިމެނެއެވެ. ބާގްޔަޝްރީ ބޯސްވެސް މި ފިލްމުގައި ބައިވެރިވުމަށް ވިސްނަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ. ފަސްވަނަ އަންހެން ތަރި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މި ފިލްމަކީ "ޕެރަލަލް ޔުނިވަރސް" ޖާންރަގެ ފިލްމެކެވެ. އައްލޫ އަރްޖުން ތަފާތު ރޯލުތަކެއް އަދާކުރާނެއެވެ. މި ފިލްމުގައި އެނިމޭޓެޑް ކެރެކްޓަރެއްވެސް ހިމެނޭނެ އެވެ. ފިލްމުގެ ވީއެފްއެކްސް މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ ސްޓޫޑިއޯތަކުންނެވެ.
އައްލޫ އަރްޖުން އެންމެ ފަހުން ފެނުނީ "ޕުޝްޕާ 2: ދަ ރޫލް" ގައެވެ. އޭނާ މިހާރު ވަނީ "ޕުޝްޕާ 3: ދަ ރެމްޕޭޖް" ގެ މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން އައްލޫ އަރްޖުން ވަނީ ޑައިރެކްޓަރު ތްރިވިކްރަމް ސްރީނިވާސްގެ މައިތޮލޮޖިކަލް ފިލްމެއްގައިވެސް ބައިވެރިވާން ނިންމައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް