މ. މުލަކު އަދި އެ އަތޮޅުގެ ވޭވަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެލްފް ސާވިސް ބޭންކިން، އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އެ ދެ ރަށުގައިވެސް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް ގެ މިނިސްޓަރު އާދަމް ޝަރީފު އުމަރުއެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު އިފުތިތާހު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލްއިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ.
އެކުންފުނިން މިމަހުގެ 15 ވަނަ ދުވަހު ވަނީ ނ. އަތޮޅުގެ ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫގައި ގާއިމުކޮށް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފައެވެ.
އޭގެ އިތުރުން ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 25 ގައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 157 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް