އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމްގެ ބަޔޯޕިކްގައި ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ދަނުޝް ކަން އިއުލާނުކޮށްފައެވެ. މި ފިލްމު އިއުލާން ކުރީ މިހާރު ކުރިއަށްދާ ކޭންސް ފިލްމް ފެސްޓިވަލްގައެވެ.

މި ފިލްމުގެ ނަމަކީ "ކަލާމް - ދަ މިސައިލް މޭން އޮފް އިންޑިއާ" އެވެ. ބޫޝަން ކުމާރު އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އޮމް ރައުތް އެވެ. ފިލްމު ނެރޭނެ ދުވަހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މިއީ ދަނުޝް ބައިވެރިވާ ދެވަނަ ބަޔޯޕިކެވެ. އޭނާގެ ފިލްމު "ކުބެރާ" ސިނަމާތަކުގައި ދައްކަން ފަށާނީ 20 ޖޫން 2025 ގައެވެ. ދަނުޝް އަމިއްލައަށް ޑައިރެކްޓްކުރާ ފިލްމު "އިޑްލީ ކަޑައި" ނެރޭނީ 1 އޮކްޓޯބަރު 2025 ގައެވެ.

ދަނުޝް މިހާރު ވަނީ އާނަންދް އެލް ރާއީގެ ހިންދީ ފިލްމު "ތޭރޭ އިޝްކް މޭ" ގެ ޝޫޓިން ފަށައިފައެވެ. މި ފިލްމުގައި ކްރިތީ ސެނޯން ބައިވެރިވެއެވެ.