ޔޫކޭއިން ގާޒާއަށް ފަސް މިލިއަން ޑޮލަރުގެ އެހީ ވާން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ މިނިސްޓަރ ފޯ ޑިވެލޮޕްމަންޓް ޖެނީ ޗެޕްމަން އިސްރާއީލާއި ފަލަސްތީނުގެ ސަރަހައްދުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު އިއްޔެ ވަނީ އެ ގައުމުން ގާޒާއަށް އިންސާނީ އެހީގެ ގޮތުގައި ހަތަރު މިލިއަން ޕައުންޑު ނުވަތަ 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޗެޕްމަން ވަނީ ގާޒާ އަށް އިންސާނީ އެހީ ވަނުން އިސްރާއީލުން ހުއްޓުވައިފައިވާކަން ފާހަގަކުރައްވައިފައެވެ. އެއީ އިސްރާއީލުގެ ބޮޑު ފެއިލިވުމެއް ކަމަށްވެސް ފާހަގަކުރައްވައިފައިވެއެވެ.
ޗެޕްމަން ވިދާޅުވި ގޮތުގައި ގާޒާއަށް ހިތްދަތިކަން ދީ ފަލަސްތީނު ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު އިސްރާއީލަށް ރައްކާތެރިކަން ނުލިބޭނެކަން ސާފެވެ.
އިނގިރޭސި ސަރުކާރުން އަންގާރަ ދުވަހު ވަނީ އެ ގައުމުން އިސްރާއީލާ ދެމެދު ފްރީ ޓްރޭޓް ކަންކަމުގައި ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓާލަން ނިންމައިފައެވެ.
އިނގިރޭސި ސަރުކާރުން ގާޒާއަށް ދޭ އިންސާނީ އެހީގެ ޕެކޭޖު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރެޑްކްރެސެންޓް ސޮސައިޓީ މެދުވެރިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް